ދުނިޔެ

ޔޫއޭއީގެ ރައީސްގެ މަންމާފުޅު އަވަހާރަވެއްޖެ


ޔުނައިޓެޑް އެރަބް އެމިރޭޓްގެ ރައީސް ޚަލީފާ ބިން ޒަޢިދު އަލް ނަހްޔާންގެ މަންމާފުޅު، ޝެއިޚާ ޚައްސަ ބިންތި މުޙައްމަދު އަލް ނަހްޔާން އަވަހާރަވެއްޖެއެވެ.

ޝެއިޚާ ޚައްސަ ބިންތި މުހައްމަދަކީ، ޔޫއޭއީގެ ބާނީ، އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝެއިޚް ޒައިދު ބިން ސުލްތާންގެ ފުރަތަމަ އަނބިކަނބަލުންނެވެ.

ޝެއިޚާ ޚައްސަ އަވަހާރަވުމާ ގުޅިގެން ޔޫއޭއީން ވަނީ ކުރިއަށް އޮތް 3 ދުވަހު ރަސްމީކޮށް ހިތާމަ ފާޅުކުރުމަށް ނިންމާފައެވެ.  

ޝެއިޚާ ޚައްސަ އަކީ ލޭގެ ގޮތުންނާއި ކައިވެނީގެ ގޮތުން ޔޫއޭއީގައި ވެރިކަންކުރާ އަލް ނަހްޔާން ޢާއިލާއަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ.