ޚަބަރު

އެންއައިސީއަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފިއެވެ. 

މީ އެންއައިސީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ތިންވަނަ ފަހަރުއެވެ. 

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެންއައިސީއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ އެއްތިރީހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. 

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު އެ ކޮމިޝަނުގެ ރައީސްކަމުންނާއި މެމްބަރުކަމުން ވަކިކުރުމުން އެ މަޤާމް ހުސްވުމުންނެވެ.