ތަޢުލީމު

ދިވެހިންނަށް ތައިލޭންޑުގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު


ތައިލެންޑު ސަރުކާރުގެ ހިލޭ އެހީގެ ދަށުން، 18 ދާއިރާއަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިންނަށް ހުުޅުވާލައިފިއެވެ. 

ތައިލެންޑް އިންޓަނޭޝަނަލް ޕޯސްޓްގުރެޖުއޭޓް ޕްރޮގްރާމް (ޓީއައިޕީޕީ) ގެ ދަށުން ތައިލޭންޑް ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ވަނީ ހުޅުވާލާފައެވެ.

އެ ސްކޮލާޝިޕްތަކުގެ ދަށުން ދިވެހިންނަށް ފިރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން، ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ، ހެލްތު ކޮންސިއުމާ ޕްރޮޓެކްޝަން އެންޑް ހެލްތު މެނޭޖްމަންޓް، މެޑިކަލް ޓެކްނޮލޮޖީ، ނަރސިންގ ސައިންސް، ޕަބްލިކް ހެލްތު، ސޯޝަލް ޑިވެލޮޕްމަންޓް އަދި ސަސްޓެއިނަބަލް އެނަރޖީ މެނޭޖްމަންޓް ހިމެނެއެވެ. މިއިން ކޮންމެ ދާއިރާއަކުންވެސް ސްކޮލަރޝިޕްގެ ފަސް ފުރުޞަތު ހުޅުވާލާފައިވެއެވެ. މިއީ ކޮންމެ ކޯހަކީވެސް ދެއަހަރުގެ މުއްދަތުގެ ކޯސްތަކެކެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ޢާންމު ކުރި އިއުލާނުގައި ބުނެފައިވަނީ  މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުން ސަޕްލިމެންޓަރީ ލޯން އެލަވެންސް ވެސް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. ސްކޮލަރޝިޕްތަކަށް އެދޭ ފަރާތްތައް ކޯހަށް ހޮވުނުކަން ނުވަތަ ނޫންކަން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އަންގާނެކަމަށްވެސް  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 އެވެ. ސްކޮލަަރޝިޕަށް އެދޭ ފަރާތްތަކުން ސްކޮލަރޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ތަކެތި ހުށަހަޅަންޖެހެނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންއަށެވެ.