ހަތަރު އަހަރު

މާކުރަތުގައި 18 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ


ރ.މާކުރަތު ނެރުކައިރީ ފަޅުތެރޭގައި ޢުމުރުން 18 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

ފުލުހުން މަޢުލޫމާތުދޭގޮތުގައި މިކަން އެނގިފައިވަނީ މިއަދު ހެނދުނު 9:37 އެހާކަންހާއިރުއެވެ. އޭނާގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްބެލިއިރު، މަރުވެފައިވާކަމަށް ޑޮކަޓަރުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި ޒުވާނާ މަރުވާން ދިމާވި ސަބަބު މިހާރު ބަލަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.