ވިޔަފާރި

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ 3 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފޯމް މި އަދުން ފެށިގެން އަންނަ މަހުގެ ބާވީސްވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެކަމަށެވެ.

ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ޤާނޫނު ބުނާގޮތުން މި މަޤާމަށް ކުރިމަތިލެވޭނީ ޢުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ މީހުންނަށެވެ.  

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންއަކީ ސައީދާ އުމަރެވެ. އަދި ސީއީއޯއަކީ އެންޑްރޫ ހީލީ އެވެ. ޑެޕިއުޓީ ސިއީއޯއަކީ މުހައްމަދު ޝަރީފްއެވެ. މީގެއިތުރުން ބީއެމްއެލް ބޯޑްގައި ދެން ހިމެނެނީ މުހައްމަދު ލުވެއިޒް އާއި އަބްދުލް ހާރިސް އާއި އައިޝަތު އަރްޝާއާއި ރާބިހް މުހައްމަދާއި މުހައްމަދު އަބްދުލް ސައްތާރާއި އިބްރާހިމް މުހައްމަދުގެ އިތުރުން އިބްތިޝާމާ އަހުމަދު ސައީދެވެ.