ސަރުކާރުގައި ދެމި ހުންނެވީ އެއްވެސް މަޖްބޫރުކަމެއްއޮވެގެން ނޫންކަމަށާއި އަބަދުވެސް ހުންނަވާނީ ރައީސް ޔާމީންއާއި އެކުކަމަށް ޣައްސާންމައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ އުންމީދާއި ކުރިއެރުން ޕޮރޮގްރާމްގައިވާހަކަދައްކަވަމުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާޣައްސާން މައުމޫން ވިދާޅުވީ އައިލީ ބޭފުޅުންނާއި އޮންނަ ގުޅުމަށް އެއްވެސްބަދަލެއް ނާންނާނެކަމަށެވެ.
ރައީސް ޔާމީނަށް ކުރެއްވި ތާއީދު ކުރީގެ ރައީސް މައުމޫންއަނބުރާ ގެންދަވާފައިވަނިކޮށް ސަރުކާރުގައި ދެމިހުންނަވަނީ މަޖްބޫރީ ހާލަތެއްގައިކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޣައްސާން މައުމޫންވަނީ ރައްދުދެއްވާފައެވެ.
ޣައްސާން ވިދާޅުވީ އެމަނިކުފާނާއި އައިލާގެ ދެން ތިބެއްވިބޭފުޅުން ތަރުބިއްޔަތުކުރައްވާފައިވަނީ އަމިއްލަ ވިސްނުމާއި ބުއްދީގެ ބޭނުންކުރައްވައިގެން އަމިއްލައަށް ގޮތް ނިންމެވުމަށް ދަސްކޮށްދެއްވައިގެންކަމަށެވެ.
" އަޅުގަޑުގެ މަންމައާއި ބައްޕަ އެއްބަނޑު އެއްބަފާ ބޭބެއާއި ދެ ދައްތައިންނާއި ދޭތެރޭ އޮންނަ ގާތްކަމަކީ އަބަދުގެ އަބަދަށްދެމިގެންދާނެ ގާތްކަމެއް. އަޅުގަނޑުމެން ދެމެދު ވާ ލޯތްބަކަށް ދުވަހަކުވެސްބަދަލެއް ނާންނާނެ. އަޅުގަޑުމެން ތަރުބިއްޔަތު ކޮށްފައިވަނީ ކޮންމެއް ކަމެއްވެސް އަމިއްލައަށް ދިރާސާކޮށް އަދި ކޮންމެ މައްސަލައެއްވެސް އަމިއްލައަށް ދިރާސާކޮށް ކަންއޮތްގޮތް ބަލާ އޭގެ ހަޤީގަތް އަމިއްލަ ބުދިން ހޯދައިގެން ގޮތްތަކެއްނިންމަން" ޣައްސާން މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ހިޔާލު ތަފާތުވެ ރައީސް މައުމޫން އިދިކޮޅުފަރާތްތަކާއި އެކު މަސައްކަތްކުރައްވަން ފެއްޓެވި ފަހުން މީ ފުރަތަމަ މީޑިއާއެއްގައިޣައްސާން މައުމޫން ވާހަކަދެއްކެވި ފުރަތަމަ ފަހަރުއެވެ.
ރައީސް ޔާމީންގެ ފަހަތްފުޅުގައި މަސައްކަތްކުރައްވަނީ ކީއްވެތޯ ބައެއް ފަރާތްތަކުން ކުރާ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމީންއާއެކު ހުންނެވީ، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ވަރަށް ކައިރިން ފެނި، އެއީ އެންމެރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
" ހަމަ އަޅުގަނޑަށް އަމިއްލައަށް ފެނިގެން އަޅުގަނޑަށް ރައީސް ޔާމީން ކުރައްވާމަސައްކަތްޕުޅު ވަރަށް ގާތުން ދުށުމުގެ ފުރުޞަތު ލިބިފައި ހުރި މީހެއްގެ ހައިސިއްޔަތުން ކަންތައްތަކެއް ފެނިގެން އެގޮތް ޤަބޫލުކުރެވިގެން ރައީސް ޔާމީންފަހަތުގައި މިހުރީ " ޣައްސާން މައުމޫން ވިދާޅުވިއެވެ.
ސަރުކާރު ޕްރޮމޯޓްކުރުމަށް މީޑިއާތަކުން ނުފެންނަ ސަބަބާއިގުޅޭ ގޮތުން ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ މީހުން މީޑިއާތަކަށް ނާރަނީމީހުން ދައްކާ ކޮންމެ ވާހަތަކަށް ރައްދުދޭންޖެހޭނަކަމަށް ދެކެވަޑައިނުގަންނަވާތީކަމަށެވެ.2013 ވަނައަހަރު ރައީސް ޔާމީން ވެރިކަމަށް ނުކުންނެވުމަށް އެދި އެމަނިކުފާނުގެ އަރިހަށް އެންމެ ފުރަތަމަ ދިޔަ 5 މީހުންގެ ތެރޭގައި ހިމެނޭކަން ފާހަގަކުރައްވަމުން ޣައްސާން މައުމޫން ވިދާޅުވީ މިއަދުވެސް މި ހުންނެވީ އެދުވަހު ނިންމެވި ނިންމެވުމުގައިކަމަށެވެ.
ރައީސް މައުމޫންގެ 4 ބޭފުޅުންގެ ތެރެއިން ރައީސްޔާމީން އަރުހުގައި 2 ބޭފުޅުން މަސައްކަތްކުރައްވާއިރު އަނެއް 2 ބޭފުޅުންމަސައްކަތްކުރައްވަނީ އިދިކޮޅު ފަރާތްތަކާއެކުއެވެ.