ޚަބަރު

ވަޒީފާއަދާކުރާ ގިނަ ބަޔަކު އަތުގައި ވަޒީފާގެ ބަޔާން ނެތް


ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ގިނައީ ވަޒީފާގެ ބަޔާން ނުދީ ވަޒީފާއި ބެހޭ ޤާނޫނާއި ޚިލާފަށް މުވައްޒަފުންނަށް ލައްވާ މަސައްކަތްކުރުވަމުން ދާ ތަންތަންކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ. 

ހެޑް އޮފް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މި ދިޔަ އަހަރު އެ އޮތޯރިޓީން 290 ތަނެއް އިންސްޕެކްޓްކޮށް ބެލި އިރު އޭގެ ތެރެއިން ފަސްދޮޅަސް ފަސް އިންސައްތައަކީ ވަޒީފާ ބަޔާން ޙަވާލުނުކޮށް މީހުން ލައްވާ މަސައްކަތްތައް ކުރަމުންދާ ތަންތަންކަމަށެވެ. 

ވަޒީފާއާއި ބެހޭ ޤާނޫނު ބުނާގޮތުން އެއްވެސް މީހަކު ލައްވާ އެއްވެސް ވަޒީފާއެއް އަދާކުރެވޭނީ ވަޒީފާގެ އެއްބަސްވުމެއް އޮވެގެންނެވެ. ވަޒީފާއާއި ބެހޭ ޤާނޫނުގެ 86 ވަނަ މާއްދާގެ ދަށުން، އެމީހެއްގެ އަތުގައި އެމީހަކު އަދާކުރާ ވަޒީފާއަކީ ކޮބައިކަން އެނގޭނެ ވަޒީފާ ބަޔާނެއް އޮންނަންޖެހެއެވެ. ގާނޫނު ބުނާގޮތުން މީހަކު ވަޒީފާއަށް ނުކުންނަތާ އެއްމަސް ދުވަހުގެ ތެރޭގައި ވަޒީފާގެ ބަޔާން ދޭންޖެހެއެވެ. ވަޒީފާ ބަޔާނުގައި ހުންނަންޖެހޭ މުހިންމު ކަންތައްތަކުގެ ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީޚާއި އުޖޫރަދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭ މިންވަރާއި އުޖޫރަ ދިނުމަށް ކަނޑައަޅާ މިންގަނޑު ހިމެނެއެވެ. 

ވަޒީފާއާގެ ބަޔާން ނުދޭ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވަނީ އެއްހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ވަޒީފާދޭ ފަރާތް ޖޫރިމަނާކުރުމެވެ. އެހެންނަމަވެސް ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކުގެ ތެރއިން ގިނަ ބަޔަކު ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށް ޢަމަލުކުރަމުންދާކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެއެވެ. ހެޑް އޮފް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މިދިޔަ އަހަރު އެ އޮތޯރިޓީން 290 ތަނެއް އިންސްޕެކްޓްކޮށް ބެލި އިރު އޭގެ ތެރެއިން ފަސްދޮޅަސް ފަސް އިންސައްތައަކީ ވަޒީފާ ބަޔާން ޙަވާލުނުކޮށް މުވައްޒަފުން ލައްވާ ވަޒީފާ އަދާކުރުވަމުން އަންނަ ތަންތަން ކަމަށެވެ.  

ނާފިޒު ވިދާޅުވީ ޤާނޫނާއި ޚިލާފަށް މިފަދަ ފަރާތްތަކުން ޢަމަލުކުރަމުންދަނީ ވަޒީފާ އަދާކުރާ ފަރާތައްވެސް އެ ބަޔާނުގެ މުހިއްމުކަން ނޭގޭތީކަމަށެވެ. އަދި ވަޒީފާ ބަޔާން ނެތުމުގެ ސަބަބުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާއި ދެެމެދު ޖެހޭ މައްސަލަތައް ހައްލުކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާކަމަށްވެސް ނާފިޒު ވިދާޅުވިއެވެ. މީގެ އިތުރަށް ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ބަޔާންކޮށްފައިވާ މަސައްކަތް ނޫން މަސައްކަތްތައް ކުރުވާ މައްސަލަތަކުގެ ޝަކުވާތައް ލިބެމުން އަންނަކަންވެސް ނާފިޒު ފާހަގަކުރެއްވިއެވެ. 

''މީގެން މިއެގޭ އެއްޗަކީ ބޮޑު އަދަދެއް ދިވެހި ރާއްޖޭގައި މުއައްޒަފުން މި ގެންގުޅެނީރާއްޖޭގެ ޤާނޫނާއި ޚިލާފަށް ވަޒީފާގެ ބަޔާނެއް ނުދީ. އެހެންވުމުގެ ސަބަބުންދެފަރާތުގެ ދެމެދު ދިމާވާ މައްސަލަތައް ހައްލުކުުރުމަށްވެސް އޮތޯރިޓީންއަޅުގަނޑުމެން ބޭނުންވޭ އެތަންތަނުގަ ވަޒީފާ އަދާކުރާ މީހުންނަށްވެސް ޤަނޫނީގޮތުން ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ލިބިފައި އޮންނަންޖެހޭ. ވަޒީފާއާއިބެހޭ ޤާނޫނުގެ ރޫހަކީ އެވަޒީފާއެއްގައި އެމީހަކު އަދާކުރަންޖެހޭ ހުރިހާކަންތައްތައް ތަފްސީލުކޮށް ބަޔާންކޮށްފައި އޮތުން. ގިނަ މީހުން ދެތިން ކަންތައްލިޔެލާފަ އެންމެ ފަހު ތަންކޮޅުގައި މީގެ އިތުރުންވެސް ކުންފުނީގެ ފަރާތުން ނުވަތައޮފީހުގެ ފަރާތުން އަންގާ އެންމެހާ ކަންތައްތައް ކުރަންވާނެކަމަށް ލިޔެފަ އޮންނަތަންއާދޭ. އެއީ ޤާނޫނުގެ ރޫހެއް ނޫން. ޤާނޫނުގެ ރޫޙަކީ ވީހާވެސް ބޮޑަށްތަފްސީލކުކޮށް އެމީހަކު އެ ވަޒީފާއަދާކުރާ މަސްއޫލިިއްޔަތުތަކާއި ޒިންމާތައްކަނޑައެޅިފައި އޮތުން.'' ހެޑް އޮފް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަބްދުއްރަޝީދު ނާފިޒް ވިދާޅުވިއެވެ.

ލޭބާރ ރިލޭޝަން އޮތޯރިޓީން ބުނީ ޤާނޫނާއި ހިލާފަށް ކުރާ މިފަދަ ކަންކަން ހުއްޓުވޭނީ ވަޒީފާއަށް ނުކުންނަ ފަރާތަކުން އެކަމަށް ސަމާލުކަންދީގެންކަމަށެވެ. އަދި ޤާނޫނާއި ހިލާފަށް ވަޒީފާދޭ ފަރާތްތަކުން ކުރާ ކަންކަމުގެ ޝަކުވާތައް ހުށައެޅުމަށްވެސް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެއެވެ.