ރިޕޯޓް

ރައްޔިތުން ބަލައިގަންނާނެ ފަދަ ލީޑަރަކު އިދިކޮޅަކުން ނުނެރެވޭނެ


އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ކިރިޔާވެސް ބަލައިގަންނަ ލީޑަރެއް އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއިދިކޮޅު ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ މުހިންމު ކަނަކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރު އަޒްލީން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގައި ތިއްބެވީ އެއްބަޔަކު އަނެއްބަޔަކަށް ގޮތްދޫކޮށް އެއްގަލަކަށް އެރޭނެ ބައެއް ނޫންކަމަށެވެ. އިދިކޮޅު ޕާޓިތަކުން ޕްރައިމަރީއެއް ބާއްވާނެކަމުގެ ވާހަކަދައްކާއިރު ކޮންމެ ބަޔަކުވެސް އެބައެއްގެ ޕާޓީގެ ލީޑަރަކީ އިދިކޮޅުފަރާތްތަކުގެ ކެނޑިޑޭޓުކަމަށް ވިދާޅުވަމުން އަންނަކަމަށާއި، ޤާނޫނީ ޝަރުތު ހަމަވާ އެއްވެސް ލީޑަރަކު އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުވަނީ ރައްޔިތުން ކިރިޔާވެސް ބަލައިގަންނަ ލީޑަރެއް އިދިކޮޅު ޕާޓީތަކަށް ނުދެއްކޭނެކަމަށް ވިދާޅުވެވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލީޑަރުންނަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދީ ލީޑަރޝިޕް ދައްކައިދީ އެކަން ސާބިތުކޮށްދޭ ބައެއްކަމަށާއި، އިދިކޮޅުގައި މުޅިވެސް ތިއްބެވީ ފެއިލްވެފައިވާ ލީޑަރުންތަކެއްކަމަށެވެ. އެ ލީޑަރުންނަކީ އިންތިޚާބުގައިވާދަކުރެވޭނެ ޤާނޫނީ ހަމައެއްނެތް ބައެއްކަމަށް ވިދަޅުވާ ވިދާޅުވުން މިނިސްޓަރުވަނީ ތަކުރާރުކުރައްވާފައެވެ.

"ލީޑަރުންގެ މެދުގައި ޕޯލްގައި އެމީހުން ޤަބޫލްކުރާ ތަރުތީބް ވަނީއޮޅިފައި. އެމްޑީޕީގެ ސަޕޯޓަރުން ޤަބޫލްނުކުރާނެ ރައީސް ނަޝީދު ނޫން މީހަކުކުރިމަތިލާކަށް. ޖުމްހޫރީ ޕާޓިން ޤަބޫލެއް ނުކުރަނެ ޤާސިމް އިބްރާހީމް ނޫންބޭފުޅަކު އިންތިޚާބަށް ނެރޭކަމަށް. ޢަދާލަތުންވެސް ބުނާ ކެނޑިޑޭޓް އެ ޕޯލްގައިއެފެންނަނީ. އިމްރާނަކީވެސް ޤާނޫނީގޮތުން ކުރިމަތިލެވޭނެ ބޭފުޅެއްނޫން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ، އިންތިޚާބެއްގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ޝަރުތު ހަމަވާބަޔަކަށް ވާންޖެހޭކަމަށެވެ. ރައީސް ޔާމީނަކީ ޤައުމެއްގައި ދިމާވާނެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން ޤައުމަށް ތަރައްޤީ ގެނެސްދެއްވި ރައީސްކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ ރައްޔިތުންނަށް ގެނެސްދެއްވާނެ ކަންކަމުގެ ތަޞައްވުރު ޙިއްސާކުރައްވާފައެވެ.

ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވީ، މި ސަރުކާރު އައީ ކޯލިޝަނެއްގެ ތެރޭގައިކަމަށާއި، އެ ކޯލިޝަންގެ ކެނޑިޑޭޓު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން އެއްކެނޑިޑޭޓަކަށް އެއްބަސްނުވެވިކޮންމެ ޕާޓިއަކުން ކެނޑިޑޭޓަކު ނެރޭނެކަމަށާއި، އިދިކޮޅު ތިން ކެނޑިޑޓުން ތިންޕާޓިން ނެރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވާ ވިދާޅުވުން ހޯމް މިނިސްޓަރއަޒްލީން އަޙްމަދު ތަކުރާރުކުރެއްވިއެވެ.