ޚަބަރު

ނޮޅިވަރަމުން ގެއްލުނު މީހާ ފެނިއްޖެ


އިއްޔެއިން ފެށިގެން ހދ. ނޮޅިވަރަމްއިން ގެއްލިގެން ހޯދަމުންދިޔަ މީހާ އެރަށު ވަލުތެރެއިން ފެނިއްޖެއެވެ.

ފުލުހުން ބުނީ ނޮޅިވަރަމް އިން އިއްޔެ މޫދަށްދިޔަ 41 އަހަރުގެ އަންހެން މީހާ ހޯދަމުންދަނިކޮށް އެރަށު އުތުރުފަރާތު ވަލުތެރެއިން ފެނިފައިވާކަމަށެވެ. އަދި އޭނާ ފެނުނުއިރު ހޭނެތިފައިވާކަމަށާއި، ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 11 ޖެހިއިރު ކަމަށާއި، އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 8:10 އެހާކަންހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އޭނާ ގެއްލިފައިވާކަމުގެ މައުލޫމާތު ލިބުމާއެކު، ފުލުހުންގެ އިތުރުން ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ކޯސްޓްގާރޑް ޑައިވަރުންގެ އެހީގައި ރަށުގެ ވަށައިގެންވާ މޫދާއި ކަނޑު ބަލާފައިވެއެވެ.