ޚަބަރު

ލަންކާ ބޯޓު އަނބުރާ ގެންދިއުމަށް އެހެން ބޯޓެއް އުލިގަމަށް


ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މިދިޔަ ހޯމަ ދުވަހު ފެނުނު ސްރީލަންކާގެ މަސް ބޯޓު އަނބުރާ އެޤައުމަށް ގެންދިޔުމަށް ލަންކާ ބޯޓެއް ހއ. އުލިގަމަށް އަތުވެއްޖެއެވެ. ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު ރާއްޖެ އައިސްފައިވާ އެ ބޯޓު އުލިގަމު ބަނދަރަށް ވަދެފައި ވަނީ މިއަދު މެންދުރު 13:00 ހާއިރުއެވެ.

ތޫފާނުގައި ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާ ބޯޓެއްކަމަށްވާ "ރަޝަނީ" ފެނުނީ، ހއ. ތުރާކުނު 62 ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށެވެ. އެ ބޯޓަކީ ލަންކާ ސަރަހައްދަށް މިފަހުން އެރި ތޫފާން އޯޗީގައި ގެއްލުނު މަސްބޯޓެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.