ވިޔަފާރި

މިދިޔަ މަހު މީރާއަށް 910.7 މިލިއަން ރުފިޔާ ބަލައިގެންފި


ފާއިތުވި ނޮވެމްބަރ މަހު މީރާއަށް ނުވަސްތޭކަ ދިހައެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ މިއަހަރުގެ ނޮވެމްބަރުމަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ހަތެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރު އަދަދެކެވެ.

މި އަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ ތޭރަ ޕޮއިންޓް އަށެއް ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހު ނިޔަލަށް ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ހަތަރެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާއްމުކޮށްފައިވާ ނޮވެމްބަރުމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ނޮވެމްބަރުމަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ ނޮވެމްބަރުމަހު ލިބުނު ޖުމްލަ އާމްދަނީގެ ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ހަތެއް އިންސައްތަ ނުވަތަ ފައްސަތޭކައަށްޑިހަ ނުވަ މިލިއަން ރުފިޔާއެވެ.

ނޮވެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެތެރޭގައި ތިރީސް ހަޔެއް ޕޮއިންޓް ހަތަރެއް މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.