ޚަބަރު

ސިނަމަން ދޮންވެލި ރިސޯޓުގެ ދޯންޏެއް ބަންޑުން ޖަހާލައިފި


ހަތަރު މީހުންނާއެކު ކުނި ބަރުކޮށްގެންދިޔަ ސިނަމަން ދޮންވެލި ރިސޯޓުގެ "ހިތްވަރު 3" ދޯނި ބަންޑުން ޖަހާލައިފިއެވެ.

މި ހާދިސާގައި ބަންޑުން ޖަހާލި ދޯނި އަޑިއަށް ގޮސްފައިވާއިރު، އެ ދޯނީގައި ހަތަރު މީހުން ތިބި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި އެމީހުންނަށް އެއްވެސް އަނިޔާއެއް ނުވެ، ރައްކާތެރިކަމާއެކު ރިޒޯޓަށް ގެންގޮސްފައިވާ ކަމަަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 72 ދެ ފޫޓުގެ މި ދޯނި ބަންޑުންޖަހާލީ ސިނަމަން ރިސޯޓާ ކައިރިން ގިރިފުށި ކައިރިއަށެވެ.

އެމްއެންޑީއެފްއިން ބުނީ ކުނި ބަރުކޮށްގެންދިޔަ ސިނަމަން ރިޒޯޓުގެ ދޯނި އަޑިޔައަށް ގޮސްގެން އެ އިދާރާރަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:25 ހާއިރު ކަމަށެވެ.