ޚަބަރު

މެންބަރު މުޙައްމާ އާއި ޝަހުދީ ޕީ.ޕީ.އެމުން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ޕީ.ޕީ.އެމުން ވަކިކޮށްފިއެވެ. ފީޕީއެމުން ބުނީ މުހައްމަދު އަބްދުﷲ އާއި ޝަހުދީ އެޕާޓީން ވަކިކުރަން ނިންމީ އެ ދެ މެންބަރުންނާއި ގުޅިގެން ސުލުކީ ކޮމެޓީއަށް ހުށައެޅި މައްސަލަ ބެލުމަށްފަހުގައިކަމަށެވެ.

މުހައްމަދު އަބްދުﷲ އާއި ޝަހުދީ ޕީ.ޕީ.އެމުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ޕީ.ޕީ.އެމް ގެ މި ނިންމުމާއެކު މުހައްމަދު އަބްދުﷲ އާއި ހުސެއިން ޝަހުދީ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުންގެންދަވާ  ގޮނޑިގެއްލޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ.