މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ކޯ-ސްޕޮންސަރ ޕްލަސްއެއްގެ ގޮތުގައި ވީބީ ހަމަޖައްސައިފިއެވެ.
ވީބީއިންވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގައިވެސް ކޯ ސްޕޮންޝަރ ޕްލަސްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރީ، ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާސް އެންްޑް މަރކެޓިންގ އިބްރާޙިމް ނަސްރީންއެވެ. އަދި ވީބީ ބްރަދަރސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު އިޝާންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާސް އެންްޑް މަރކެޓިންގ އިބްރާޙިމް ނަސްރީން ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއް ވެގެންދާނީ ކުރިގެ ދެ ސީޒަނަށްވުރެ ފުރިހަމަ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ބެލުންތެރިން ޝައުޤުވެރިވާފަދަ ގިނަ ކަންތައްތަކެއް މިފަހަރުގެ ސީޒަންގައި ހިމަނާފައިވާކަމަށް ނަސްރީން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީބީގެ ޖެނެރަލް މެނޭޖަރ އަޙްމަދު އިޝާން ވިދާޅުވީ މޯލްޑިވިއަން އައިޑަލްއަކީ ރާއްޖޭގެ އާންމުންގެ މެދުގައި އެންމެ މަޤްބޫލް ޝޯވ ކަމަށެވެ. އެގޮތުން އައިޑަލް ސީޒަން ތިނަކާ ދިމާކޮށް ވީބީއިން ގިނަ ޕްރޮމޯޝަންތަކެއް ހިންގާނެކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެގެ ޓައިޓަލް ސަޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. އަދި ޓްރެވަލް ޕަރޓްނަރެއްގެ ގޮތުގައި ހަަމަޖައްސާފައިވަނީ މޯލްޑިވިއަންއެވެ. މީގެއިތުރުން ކޯ ސްޕޮންސަރ ޕްލަސްއެއްގެ ގޮތުގައި ވިލާ ކޮލެޖާއިއެކުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.