ޚަބަރު

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ޤައުމީދުވަސް ފާހަގަކޮށްފި


ދިވެހިރާއްޖޭގެ ޤައުމީ ދުވަަސް ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފިއެވެ.

ހެނދުނު 9:00 ޖެހިއިރު ބޭއްވި މި ރަސްމިއްޔާތުގައި، ދިދަަ ނަންގަވައިދެއްވީ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.

img:http://s3.psmnews.mv/images/660x400/15110789391267.jpg|

ދިދަ ނަންގަވައިދެއްވުމަށްފަހު އެމްބެސެޑަރ މުޙައްމަދު ޙުސައިން ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދަޢުލަތުގެ އިސްވެރިންނަށާއި ލަންކާގައި އުޅޭ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ މުހިއްމުކަމުގެ މައްޗަށާއި އުތީމު ތިން ބެއިން ޤައުމަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ މައްޗަށްޗެސް ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

img:http://s3.psmnews.mv/images/660x400/15110788233617.jpg|

ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމްއީސީސީގެ ދަރިވަރުން ދުވަހާ ގުޅޭގޮތުން ރައިވަރާއި ބަންޖާއި ފަރިހި ހުށަހަޅައިދިނުން އޮތެވެ. 

img:http://s1.psmnews.mv/images/660x400/15110789671840.jpg|

މިރަސްމިއްޔާތުގައި ލަންކާގައި އުޅޭ ގިނަ އަދަދެެއްގެ ދިވެހިންނާއި ދިވެހި ކިޔަވާ ކުދިން ބައިވެރިވިއެވެ.