ޚަބަރު

ޚިތާނީ ފެސްޓިވަލް މި ފަހަރު ފައްސަތޭކަ ކުދިންނާއި އެކު


ޚިތާނީ ފެސްޓިވަލް 2017ގައި ކުރިން ދިން ޖާގައަށް ބަދަލު ގެނެސް އެ އަދަދު ފައްސަތޭކައަށް އިތުރުކޮށްފިއެވެ. މި ފެސްޓިވަލްގައި ކުރިން ޖާގަދިނުމަށް ނިންމާފައިވަނީ ސަތޭކަ ސާޅީސް ކުދިންނަށެވެ. ސަދަޤާތު ފައުންޑޭޝަނުން ބުނީ ޖާގަ އިތުރުކުރުމަށް ނިންމީ ފެސްޓިވަލްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެދުމުންކަމަށެވެ. މި ފެސްޓިވަލުގައި ބައިވެރިވުމަށް ފޯމު ދޫކުރަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުން ފައްސަތޭކަ ޖާގަ އިތުރުކޮށްފައިވާކަމަށާއި އެ އަދަދަށް ފޯމް ދޫކޮށް ނިމިފައިވާކަމަށްވެސް ސަދަޤާތު ފައުންޑޭޝަނުން ބުނެއެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 22ވަނަ ދުވަސްކަމަށާއި ފޯމް ބަލައިގަންނާނީ އެފް.އޭ.އެމްގެ އޮފީހުގައި ހުންނަ ފަސްޓްލޭޑީ ހިންގަވާ ކެމްޕެއިން އޮފީހުންނެވެ. މި ފަހަރުގެ ހިތާނީ ފެސްޓިވަލް އޮންނާނީ އަންނަމަހުގެ 15ވަނަދުވަހު ރެހެންދި ސްކޫލްގައެވެ.

ޚިތާނީ ފެސްޓިވަލްގައި ޚިތާނު ކުރާ ކުދިންގެ އަދަދު އިތުރުކުރެއްވުމާއި ގުޅިގެން ރެހެންދި ސްކޫލްގެ އިތުރުން އެހެން ސަރަހައްދެއްގައި ޚިތާނީ ފެސްޓިވަލްގެ ކަންކަން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ސަދަޤާތް ފައުންޑޭޝަނުން ބުނެއެވެ.

.