 
										
			މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތައް އާއްމުކޮށްފިއެވެ. 
 
ކުރީގެ 2 ސީޒަނާއި ތަފާރުކޮށް މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައެވެ. އެއީ ރ. އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައެވެ.
 
 tw:https://twitter.com/twitter/statuses/931521315671912448 
 
ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން 3 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ޒުވާނުން MI ޖެހުމަށްފަހު، ނަމާއި، ޢުމުރު، މިހާރު ދިރިއުޅޭ އެޑްރެސް އަދި އޮޑިޝަންގައި ބައިވެރިވާނެ ސަރަޙައްދު ޖެހުމަށްފަހު 300 އަކަށް އެސް.އެމް.އެސް ކުރުމުން، އޮޑިޝަންތަކުގައި ބައިވެރިވެވޭނެއެވެ. އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް މި ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
 
 tw:https://twitter.com/twitter/statuses/929034297310289920 
 
އައިޑަލްގެ 3 ވަނަ ސީޒަން ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު، މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި 4 ފަންނާނުން ފެނިގެންދާނެއެވެ. މި ފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ، މަރިޔަމް އުނޫޝާ، އިސްމާއިލް އައްފާން، އަޙުމަދު އިބްރާހިމް އަދި ޒާރާ މުޖްތަބާއެވެ. ސީޒަން ތިނެއްގެ ޕްރެޒެންޓަރުންގެ ގޮތުގައި ފެނިގެންދާނީ މޫސާ ވަސީމް އާއި ޝައިނާ ޝަރީފެވެ.