ޚަބަރު

ޚުދުމުުހުތާރު ވަނީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭތީ- ރައީސް


އިދިކޮޅު ފަރާތްތަކުން ޚުދުމުުހުތާރު ވެރިއެއްގެ ގޮތުގައި ސިފަކުރަނީ ރާއްޖޭގެ ރައްޔިތުން ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވާތީކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރުންނަށް ރައީސުލްޖުްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ހަތަރު އަހަރުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީ އާއި ކުރިއަށް ކުރިއަށް ހުރި މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައި.ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިސަރުކާރު އައީ އުފާވެރިކަމާ ތަނަވަސްކަމާއެކު ނޫންކަމަށާއި، މިސަރުކާރަށް ވާރުތަކުރި ތިރީސް ހާސް މިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކާއެކުކަމަށެވެ.  އެދަރަނި އަދާކުރައްވަމުންވެސް ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ހަތަރު އަހަރުދުވަހުގެ ތެރޭގައި ގެނެސްދެއްވާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ތަފާސް ހިސާބުތަކުން ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ޒަޢާމަތުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބުތަކުގައި ކްލާސްރޫމާއި ލެބޯޓްރީއާއި، އެނޫންވެސް ތަޢުލީމަށް ބޭނުންވާ ވަަަސީލަތްތަކާއެކު 770 ކްލާސް ރޫމް ޤާއިމްކޮށްދެއްވާފައިވާކަމަށެވެ. މިކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ސާޅީސް ދެ މިސްކިތް އިމާރާތްކޮށް ނިންމާ އެ މިސްކިތްތަކުގައި ދިވެހި ރައްޔިތުން އެންމެ މަތިވެރި އަޅުކަން އަދާކުރަމުންދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަކަށް އަލި އަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ދާއިރާއިން މީގެ ކުރިން ލިބެން ނުހުންނަށް އެތައް ފަރުވާއެއް ރާއްޖޭގައި ތިބެގެން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާފައިވާނެކަމަށެވެ.

މި ޒައާމަތުގެ ފުރަތަމަ އަހަރުވެސް ހާހަކަށްވުރެ ގިނަ ދަރިވަރުންނަށް ސްކޯލާޝިޕާއި މަތީ ތަޢުލީމަށް ލުއި ލޯންގެ ފުރުސަތު ތަނަވަސްކޮށްދެއްވައިފައިވާކަަށް ރައީސް ޔާމީން ވިދާޅުވި. އަދި އަންނަ އަހަރު މި ޢަދަދު ތިންގުނަ އިތުރުވެ 3325 ދަރިވަރުންނަށް މަތީތަޢުލީމްގެ ސްކޯލާޝިޕް ދެއްވުމަށް ބަޖެޓުގައި ހިމަނުއްވާފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވި. 

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މި ހަތަރު އަަހަރު ޤާއިމުކޮށްދެއްވާފައިވާ ގޮތުގައި ތަފާސް ހިސާބުތައް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށުގައި ރައްކާތެރި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި 38 ރަށުގައި ނަރުދަމާގެ މަސައްކަތް ނިންމާ އެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި. 

ރާޢްޖޭގެ ހުރިހާ ރަށަކަށް މީގެ ކުރިން ކަރަންޓް ލިބިފައިނުވާއިރު މިހާރު ހުރިހާ ރަށަކަށްވެސް 24 ގަޑިއިރު ކަރަންޓް ޔަގީންވެފައިވާކަން ފާހަގަކުރައްވަމުން އަންނަ އަހަރު ކަރަންޓްގެ  އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް ޔާމީންވަނީ ދެއްވާފައެވެ. 

މި ސަރުކާރަކީ ޒުވާނުންގެ ސަރުކާރެއްކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުން ތަކްރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޖަލުތަކުގެ ތޭރިތަކުން ޖާގަ ހޯދަމުންދިޔަ ޒުވާނުންނަށް ހިތްވަރުދީ މުޖުތަމަޢުއަށް ނެރެ ޒުވާނުންނަށް އިތުބާރު ހޯދާދީފައިވާކަމަށް. މި މަސައްކަތުގެ ދަށުން މިހާތަނަށް 429 ޤައިދީނަށް މާފުދީ ޖަލުން މިނިވަންކޮށްދީފައިވާއިރު 5752 ޒުވާނުންގެ ކުށުގެ ރިކޯޑް ސާފުކޮށްދީ، ވަޒީފާ ލިބޭނެ ޖާގަ ތަނަވަސްކޮށްދީފައިވާކަމަށެވެ. އަދި އެއްލައްކަވުރެ ގިނަ އައު ވަޒީފާ ޒުވާނުންނަށް މި ސަރުކާރުން އުފައްދާދީފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.ރައީސް ވިދާޅުވީ، މިހުރިހާ ކަންތައްތަކެއް ކޮށްދެއްވާއިރުވެސް އަބަދުވެސް އަމާޒުވާ އެއް ސުވާލަކީ ވަރަށް ހުދުމުހުތާރު ވެރިއެއްގެ ވާހަކަކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަކީ ހުދުމހުތާރުކަމަށް ބުނާ ބުނުންތަކަށް ރައީސް ޔާމީންވަނީ ވަރުގަދަ ރައްދެއް ދެއްވާފައި. 

ކީއްވެގެންތޯ ހުދުމުހުތާރުވަނީ؟ ޤާނޫނު ހަމަހަމަކަމާއެކު ތަންފީޒްކުރާތީތޯ؟ ހަމަގައިމުވެސް ޤާނޫނު ތަންފީޒްކުރަނީ، ޤާނޫނީ އުގުބާތްތަކެއް ކޯޓުތަކުން ކަނޑައެޅީމަ. އެއީ އަޅުގަނޑަށް ލާޒިމްކަމެއް. ކީއްވެގެންތޯ އަޅުގަނޑު ހުދުމުހުތާރުވަނީ؟ ރާއްޖޭގައި މުޒާހަރާ ނުކުރާތީތޯ؟ މިދެންނެވި ހުރިހާކަމެއް ފުރިހަވެގެން ދިޔައީމަ ފަރުދުންގެ ހަތްދިހަ އެއް އިންސައްތަ މީހުން ނުވަތަ މުޒާހަރާއަށް ނިކުންނަނީ ފަސްހާސް މީހުންނޭ، އަދި ދިހަ ހާސް މީހުން މުޒާހަރާއަށްކަމަށް ވަންޔާ އެ ރައްޔިތުންގެ ބަސް ޤަބޫލްކޮށްގެން އެރައީސަކު އިސްތިއުފާދޭންވާނެ. މިއީ އެރައީސުން ކުރިއަށްވަޑައިގަންނަވަން އަޒުމް ހުރިވަރު. މިހެން ވިދާޅުވި ރައީސުން އަޅުގަނޑުމެންނާ އިހަކަށް ދުވަހަކު މާޒީވެއްޖެ. މުޒާހަރާއަށް މިައަދު ފަންސާސް މީހުން ނުކުންނަނީ ކީޢްވެގެންތޯ؟ ތަކުރާރުކޮށް ލީޑަރުން އެބަ ވިދާޅުވޭ ރައްޔިތުން މުޒާހަރާތަކަށް ނުކުންނާށޭ. ސަލާމަތީ ބާރުތަކާ ކުރިމަތިލާށޭ. ބަލަ ކަމަރު ބަނދެގެންވެސް މިއަދު މުޒާހަރާއަށް ނިނުކުމޭ. އެކީޢްވެގެންތޯ. މިދެންނެވި ތަފާތު ކުރިއެރުން މުޒާހަރާތަކަށް ނިކުންނަ ކޮންމެ ދިހަ މީހަކުން ހަތް މީހަކަށް ތަރައްޤީގެ ފައިދާކޮށްފައިވަނީ. މިއީތޯއަޅުގަޑުގެ ހުދުމުހުތާރުކަމަކީ. ރާއްޖޭގައި އަލަށް އަރަބި އިސްލާމް ކިޔައިވައިދީ، ސާޅިސް އެތައް ސްކޫލެއްގައި ޢަރަބި ތަޢުލީމް ހާސިލްކޮށްދެވޭތީތޯ. އިސްލާމީ ޔުނިވާސިޓީ ރާއްޖޭގައި ޤާއިމްކުރީމަތޯ. މާލޭގެ ކުނިގޮނޑު ނަތައްލާ، ބްރިޖްއަޅާތީތޯ.ސްކޯލާޝިޕް އިތުރުވީމަތޯ؟ ބޮލަކަށް ޖެހޭ މިންވަރު  ފަސްހާސް ޑޮލަރުން ދިަހ ހާހަށް އިތުރުކުރާތީތޯ؟މިކަންކަމާތޯ މުޒާހަރާކުރަންވީ." ރައީސް ޔާމީން  ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދެއްވާނެ ތަރައްޤީއާއި މަޝްރޫއުތަކުގެ މެނިފެސްޓޯއެއް އަންނަ އަހަރު ރައްޔިތުންނަށް ހުށައަޅުއްވާނެކަމަށެވެ. މި ކަންތައްތަކާއެކުވެސް އެމަނިކުފާނު އިމްތިހާން ކުރައްވާނަމަ އެކަންކަމަށް އިންތިޒާރު ކުރެއްވުމަށް އެމަނިކުފާނަށް ފާޑު ކިޔާ މީހުންނަށް ގޮވާލެއްވިއެވެ.