ޚަބަރު

އަސްކަރީ ތަމްރީނު "ރަންނަމާރި ހަންޓް" އަންނަ ހޯމަ ދުވަހު ފަށަނީ


ދިވެހި އަސްކަރިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އަސްކަރީ ތަމްރީން "ރަންނަމާރި ހަންޓް" މިމަހުގެ 20 ވަނަ ދުވަހުފަށާނެކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

މާލެއާއި، ކ. ތިލަފުށީގައި، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، މި އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހުގެނިޔަލަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ތަމްރީނު ޕްރޮގްރާމްގެބައިތައް މާލެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާކަމަށް ދިވެހި އަސްކަރިއްޔާއިން މައުލޫމާތުދެއެވެ.

މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، އަސްކަރީ ވައިގެ އުޅަނަދުތަކާއި، ކޯސްޓް ގާރޑް އުޅަނދުތަކުގެ އިތުރުން އެއްގަމުގައި ބޭނުންކުރާ އަސްކަރީ ވެހިކަލްތައް ބޭނުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޓްރޭނިންގައި ބޭނުންކުރާ ފަދަ ބްލޭންކް ހަތިޔާރު ބޭނުންކުރުމަށްހަމަޖެހިފައިވާކަމަށާއި، ޢާންމުންނަށް ގެންލުންހުރި އެއްވެސް ހަތިޔާރެއް މި ތަމްރީނުތަކުގައި ބޭނުން ނުކުރާނެކަމަށްވެސް ސިފައިން މައުލޫމާތުދެއެވެ.