ހަތަރު އަހަރު

އަންނަ އަހަރު ކުރީކޮޅުން ފެށިގެން ސިވިލްސަރވިސްގެ މުސާރަ ބޮޑުވާނެ


23:30 - ރައީސް ޔާމީންގެ ޒަޢާމަތަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ނިންމާލައިފި. 

23:11 -  މިހާރު ވާހަކަފުޅުދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ

23:04 - މިހާރު ދައްކަމުންދަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް

22:59 - ރާއްޖޭގެ އިޤްތިޞާދީ ދާއިރާއިން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް ރައީސް ޔާމީންގެ ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި، އޭގެސަބަބުން މުޅި ޤައުމަށް އައި ހެޔޮ ބަދަލުތަކުގެ މައްޗަށް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.

22:49 - މި ވެރިކަމުގެ 5 އަހަރު ފުރިހަމަވާއިރު، 135000 ވަޒީފާ ހަމައެކަނި ފަތުރުވެރިކަމުގެ ޞިނާޢަތުންވެސް އުފެދޭނެ - މިނިސްޓަރ ސަޢީދު

22:46 - ރާއްޖޭގެ އިޤްތިޞާދަށް ރައީސް ޔާމީން ގެނެސްދެއްވާފައިވާ ހެޔޮބަދަލު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ޤަބޫލުކުރޭ - މިނިސްޓަރ ސަޢީދު

22:45 - މިހާރު ވާހަކަފުޅުދައްކަވަނީ އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު 

22:35 - ޞިއްޙީ ދާއިރާއަށް ގެނެސްފައިވާ ޒަމާނީ ތަރައްޤީއާއި ބަދަލުތަކުގެމައްޗަށް ތަފާތު ވީޑިއޯ ޕްރެޒެންޓޭޝަނެއް މިހާރުދަނީ ދައްކަމުން.

22:30 - ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވާހަކަފުޅު ނިންމަވާލައްވައިފި.

22:29 - ދައުލަތުގެ، 18 ހާސް މިލިއަން ރުފިޔާއަށް އެކި މީހުން އެކި މިންވަރަށް ޙިޔާނާތެރިވެފައިވާކަން ، ރިޔާސީ ކޮމިޝަނަށް ވަނީ ހާމަވެފައި - ރައީސް

22:27 - ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި %71 ރައްޔިތުންނަށް ފަރުދީގޮތުން ތަރައްޤީގެ ހެޔޮ ފައިދާވަނީ ކޮށްފައި - ރައީސް

22:19 - އަންނަ އަހަރު 3325 ކިޔަވާކުދިންނަށް ސްކޮލަރޝިޕް ފޯރުކޮށްދޭނަން - ރައީސް

tw:https://twitter.com/PSMnewsmv/status/931577537834106880

22:09 - އަންނަ އަހަރުގެ ކުރީކޮޅުންފެށިގެން ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަބޮޑުކުރަން ވާނީ މިހާރު ނިންމާފައި . ސިވިލްސަރވިސްގެ އެންމެ ދަށް ގިންތިތަކުގެ މުވައްޒަފުންގެ މުސާރައިން %37 ބޮޑުވާނެ. - ރައީސް

tw:https://twitter.com/PSMnewsmv/status/931572253614936065

22:07 - ކެޕިޓަލް މަޝްރޫޢުތަކަށް 20 ހާސް މިލިއަން ރުފިޔާ މި 4 އަހަރުގެތެރޭގައި ދައުލަތުގެ ބަޖެޓުން ވާނީ  ހޭދަކޮށްފައި - ރައިސް

22:04 - އިއްޔެގެ ނިޔަލަށް، 5752 ޒުވާނުންގެ ޕޮލިސް ރެކޯޑް ސާފްކޮށް އެމީހުން ވަޒީތަކަށް ދިއުމަށް މަގުފަހި ކުރެވިއްޖެ - ރައީސް

22:01 - މިދިޔަ 2 ހަފްތާ ތެރޭގައި 429 ޤައިދީން މިނިވަންކޮށް، އެމީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދުމަށް ވާނީ މަގުފަހިކޮށްފައި - ރައީސް

tw:https://twitter.com/PSMnewsmv/status/931571232738238464

21:59 - ވޭތުވެދިޔަ 4 އަހަރުދުވަހު ވާނީ 42 މިސްކިތެއް ޢިމާރާތްކޮށް ނިންމާފައި. އެމިސްކިތްތަކުގައި އެދަނީ މަތިވެރި އަޅުކަން އަދާކުރަމުން - ރައީސް

21:57 - ސްކޫލްތަކުގައި 770 ކުލާސް ރޫމް މި 4 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަނީ ޤާއިމްކޮށްފައި - ރައީސް

tw:https://twitter.com/PSMnewsmv/status/931569162090029056

21:55 - އަންނަ އަހަރުގެ ކުރީކޮޅުން ފެށިން ގެދޮރުގައި ބޭނުމަށް ފެން ބޭނުންކުރާ ފަރާތްތަކަށް މާލެއާ އެއް އަގެއްގައި ބޯފެން ލިބޭނެ - ރައީސް

21:53 - 135 ރަށަކަށް މިހާރު ވަނީ ރައްކާތެރި ބޯފެން ފޯރުކޮށްދީފައި - ރައީސް

21:52 - ރާއްޖޭގެ ކޮންމެ ދިމާލެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމަކީ އެންމެ އަސާސީ ޚިދުމަތް ކަމަށް ޤަބޫލު ކުރަން - ރައީސް

21:47 - ވޭތުވެދިޔަ 4 އަހަރަކީ ފަސޭހަ 4 އަހަރެއްނޫން. ދިމާވި ހުރިހާ ނުރައްކާތެރިކަމާއި ދުއްތުރާތަކެއްގައި އަޅުގަނޑު ވާތްގަށް އެދުނީ މާތްﷲ ގެ ޙަޒުރަތުން - ރައީސް ޔާމީން

21:45 - މިހާރު ވާހަކަފުޅުދައްކަވަމުން ދަނީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް. 

21:37 - ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ރާއިރާއަށް އައި ތަރައްޤީއާއި، އިޖުތިމާޢީދާއިރާއަށް އައި ހެޔޮ ބަދަލުތަކުގެ މައްޗަށް ، ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް މިހާރު ދަނީ ދައްކަމުން. 

img:http://s3.psmnews.mv/images/660x400/15109363282345.jpg|މަޖީދިއްޔާ ސްކޫލުގެ ޓީޗަރު ވިލާދާ ޢަބްދުލް ޢަޒީޒު - ފޮޓޯ: ޕީއެސްއެމް

21:22 - މިހާރު ވާހަފުޅުދައްކަވަނީ މަޖީދިއްޔާ ސްކޫލްގެ ޓީޗަރު ވިލާދާ ޢަބްދުލް ޢަޒީޒު. އޭނާގެ ވާހަކަފުޅުގައި ސިވިލްސަރވިސް މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް ރައީސް ޔާމީންގެ ޒަޢާމަތުގައި މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، ކުރައްވަމުންގެންދަވާ ކަންތައްތަކަށް އަލިއަޅުވާލެއްވި. އަދި ޚާއްސަކޮށް ތަޢުލީމީ ދާއިރާއަށް ގެންނަވާ ބަދަލުތަކާމެދު ވާހަކަފުޅުދެއްކެވި. 

21:10 - މިހާރު ދައްކަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއްް. ރައީސް ޔާމީންގެ ޒަޢާމަތުގައި ގެނެސްދެއްވި ބަދަލާއި، ތަރައްޤީ މި ވިޑިއޯ ޕްރެޒެންޓޭޝަނުގައި ދައްކަމުންދޭ. 

21:05 - ހުރިހާ ޢުމުރެއްގެ ދިވެހިރައްޔިތުންނަށް އަމާޒުކުރައްވައިގެން ތަރައްޤީއާއި، ޚިދުމަތް ދެއްވަމުންދާ ވެރިޔަކީ ރައީސް ޔާމީންކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވި. 

img:http://s4.psmnews.mv/images/660x400/15109357515360.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

21:00 - ރައީސް ޔާމީންގެ ޒަޢާމަތުގައި ޞިއްޙީ ދާއިރާއަށްވަނީ އިންޤިލާބީ ތަރައްޤީއެއް ގެންނަވާފައި - ޑިފެންސް މިނިސްޓަރ

20:58 - މީގެ 4 ހަތަރު އަހަރުކުރިން ރައީސް ޔާމީން ވެރިކަމާ ހަވަލުވެވަޑައިގަތީ ހަމަނުޖެހުމާއި، ނާމާންކަމާއި، މުޒާހަރާ ޤައުމުގައި ޢާއްމު ވެފައިވަނިކޮށް. މިއަދު މިއޮތީ ރައީސް ޔާމީންގެ ޒަޢާމަތުގައި އެމާޒީ ނިމި ޤައުމުގައި އަމާންކަން ޤާއިމުވެފައި. ކުށްމަދުވެއްޖެކަން ތަފާސްހިސާބުތަކުން ދައްކާ - ޑިފެންސް މިނިސްޓަރ

img:http://s2.psmnews.mv/images/660x400/15109343600388.jpg|މިރޭގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

20:53 - މިހާރު ވާހަކަފުޅުދައްކަވަމުންދަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު

img:http://s1.psmnews.mv/images/660x400/15109343854308.jpg|މިރޭގެ ޖަލްސާ ފެށުމުގެ ގޮތުން ކުރި ޚާއްސަ ދުޢާގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ޕީއެސްއެމް

20:40 - ރައީސް ޔާމީންގެ ޒަޢާމަތަށް 4 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާ ފަށައިފި. 

ޖަލްސާ ފެށީ ކީރިތި ޤުރްއާނުގެ ބަރަކާތުން .

ޖަލްސާ ފެށީ، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުން ޖަލްސާއަށް ވަޑައިގަތުމުން.

ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން މިޖަލްސާގައި ބައިވެރިވޭ.