ޚަބަރު

މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ


ކުރިއަށް އޮތް ސާޅީސް އަށްގަޑިއަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީއިދާރާއިން ވިދާޅުއްޖެއެވެ. 

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ދެ މޫސުން ބަދަލްވާ އިރު ކުރާ ވިއްސާރަ ކަމާށާއި، އެގޮތުން ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ޑިސެމްބަރމަސްތެރޭ ފަށާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އަންނަ ހޮނިހިރު ދުވަހު މޫސުން އަލިވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

މިހާރު ރާއްޖެއަށް މިކުރާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ބ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ،  އުތުރުގެ އަތޮޅުތަކަށް ހުޅަގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުތެރޭ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ބުނެއެވެ.