ކުޅިވަރު

ބައި ޤަރުނު ތެރޭ ފުރަތަމަ ފަހަރަށް އިޓަލީ ކޮލިފައިނުވެ ކަޓައިފި


59 އަހަރުން ފަހުން ފުރަތަމަ ފަހަރަށް މަޝްހޫރު އިޓަލީ ވޯލްޑް ކަޕަށް ނުހޮވި ކަޓައިފިއެވެ

ރަޝިޔާގައި އަންނަ އަހަރު ބާއްވާ މުބާރާތަށް ނުހޮވި އިޓަލީ ކެޓީ ޕްލޭއޯފްގައި ސްވިޑްންއާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓުން 1-0އިން ބަލިވުމުންނެވެ. ރޭ މި ގައުމު އިޓަލީގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ،

ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިޓަލީ އެންމެ ފަހުން ވޯލްޑް ކަޕުން ކެޓީ 1958 ވަނަ އަހަރެވެ. އަދި މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް އިޓަލީ ނެތި ކުޅޭނެ ދެ ވަނަ ފަހަރެވެ.

އިޓަލީ މުބާރާތުން ކެޓުމުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމުތަކުގެ ތެރެއިން ރަޝިޔާ 2018އިން ނުފެންނާނެ ހަމައެކަނި ޗެމްޕިއަން ޓީމަކީ ވެސް އެއީއެވެ،

އިޓަލީ ބަލިކޮށް ސްވިޑްން ވޯލްޑް ކަޕުން ޖާގަ ހޯދިއިރު މިއީ 2006ގެ ފަހުން އެ ގައުމު ވޯލްޑް ކަޕުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.