ޚަބަރު

ޕެޓިޝަން ހުށައެޅި 42 ވަކީލުންގެ ސަސްޕެންޝަން އުވާލައިފި


ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ޣައިރު ޤާނޫނީ ލިއުމެއް ލިޔެ، ސޮއިކުރި މައްސަލައިގައި ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން 42 ވަކީލުންގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

ޤާނޫނީ ވަކީލުންގެ އިޤްރާރާއި، ކޯޓްތަކުގެ ޤާނޫނާ ޚިލާފަށް، ސުޕްރީމް ކޯޓަށް ހުށައެޅުމަށް ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ ސޮއިކުރި މައްސަލައިގައި 54 ޤާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މި ވަކީލުންގެތެރެއިން 42 ވަކީލެއްގެ ސަސްޕެންޝަން 5 ފަހަރުމަތިން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ، ޖުޑީޝަރީން ވަނީ އަލުން އިއާދަކޮށްފައެވެ. 

މިހާރު ސަސްޕެންޝަން އުވާނުލައި ތިބީ 12 ވަކީލުންނެވެ.

އަދުލު އިންސާފް ޤާއިމުކުރުމަށް ދަތިކޮށް، ފަނޑިޔާރުންގެ މުސްތިޤިއްލުކަމަށް ހުރަސްއެޅޭގޮތަށް، ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓްގެ ކައިރިއަށް އެއްވެ ކޯޓްތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލަ ބަލަމުންދާތީ ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ރާއްޖޭގެ މަޝްޙޫރު ޤާނޫނީ ވަކީލުން ހިމެނިވަޑައިގަންނަވައެވެ.