ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، މަހާ ޖައްރާފް އިފްތިތާޙުކޮށްދެއްވާ، ކުޅުދުއްފުށީ އެއާޕޯޓު ތަރައްޤީކުރާ ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. މެދުނުކެނޑި އެއްގަޑިއިރަށްވުރެ ގިނައިރުވަންދެން ރައްޔިތުންނާ ސަލާމްކުރައްވަމުން ރައީސް ވަޑައިގެންނެވިއެވެ.