ވިޔަފާރި

ދުނިޔޭގެ އެންމެ ހިތްގައިމު ބީޗް ރިސޯޓަކަށް ރާއްޖޭގެ ރިސޯޓެއް!


ދުނިޔޭގެ އެންމެ ހިތްގައިމު ބީޗް ރިސޯޓެއްގެ ގޮތުގައި ކޮންރަޑް ރަންގަލި އައިލެންޑް ހޮވިއްޖެއެވެ. މި އެވޯޑް އެ އެރިސޯޓަށް ލިބުނީ ތައިލެންޑްގެ ވެރިރަށް ބެންކޮކް ގައި ބޭއްވި 2017 ވަނަ އަހަރުގެ "ހޯރޓި ގުރާންޑޯރ ގްލޯބަލް ހޮޓެލް އެންޑް ސްޕާ އެވޯޑްސް" ގައެވެ.

އެންމެ ހިތްގައިމު ބީޗް ރިސޯޓްގެ އިތުރުން މި ހަފްލާގައި ކޮންރަޑް ރަންގަލި އައިލެންޑް ރިސޯޓަށް ވަނީ އިންޑިޔާ ކަނޑުގެ މަންޒިލްތަކުގެ ތެރޭގައި ހަނީމޫން ހޭދަކޮށްލުމަށް އެންމެ ރަނގަޅު މަންޒިލުގެ އެވޯޑްވެސް ލިބިފައެވެ. 

"ހޯރޓި ގުރާންޑޯރ ގުލޯބަލް ހޮޓެލް އެންޑް ސްޕާ އެވޯޑްސް" 2017 ގައި ހޮސްޕިޓަލިޓީ ދާއިރާއިން 94 ކެޓަގަރީއަކުން 172 ޤައުމުން ވަނީ ވާދަކޮށްފައެވެ. މިއެވޯޑަކީ ހޮސްޕިޓަލިޓީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފަހަގަކޮށްލެވޭ ކުންފުނިތައް ހޮވައި އަގުވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ.