ޚަބަރު

ހުކުރު އުފާ ފެސްޓިވަލް މިއަދު ހަވީރާއި މިރޭވެސް އޮންނާނެ!


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ބާއްވާ ހުކުރު އުފާ ފެސްޓިވަލް މިއަދު ހަވީރާއި މިރޭވެސް އިސްލާމީ މަރުކަޒު ސަރަޙައްދުގައި އޮންނާނެއެވެ.

މިފެސްޓިވަލްގައި މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެއެވެ. އެހެން ހަފްތާތަކޭ އެއްގޮތަށް މިހަފްތާގައިވެސް މިފެސްޓިވަލްގެ ތެރޭގައި ދީނީ ފޮތްތައް ބެހުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.

މިހަފްތާގެ ހުކުރު އުފާ ދަރުސްގެ މަޢުޟޫޢަކީ "އިސްލާމީ މުޖުތަމަޢަކަށް މަޝްވަރާގެ މުހިންމުކަން" މި މައުޟޫޢަށް މިރޭ ދަރުސް ދެއްވަނީ އައްޝައިޚް އިސްޙާޤް މުޙައްމަދު ފުޅެވެ. މި ދަރުސް އޮންނާނީ މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒުސަރަހައްދުގައެވެ.