ޚަބަރު

ވެލާނާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ވެލާނާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. މި ހާދިސާގައި ވެލާނާގޭގައި ޑިއުޓީގައިހުރި ސެކިއުރިޓީ ގާޑަކަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާދިސާގައި އެ އިމާރާތަށް ގެއްލުމެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:28 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވީ އެ އިމާރާތުގެ 8 ވަނަ ފްލޯގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއްގައި ހުރި ކަރުދާސް ތަކެއްގައެވެ. މި ކަރުދާސް ތަކަކީ ކުނީގެ ގޮތުގައި އުކާލަން ބަހައްޓާފައިހުރި ކަރުދާސްތަކެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.