ޚަބަރު

މިއަހަރުގެ މިހާތަނަށް ސިވިލް ކޯޓަށް 3122 މައްސަލަ


މިއަހަރުގެ މިހާތަނަށް ސިވިލް ކޯޓަށް 3122 މައްސަލަ ހުށައަޅާފައިވާކަމަށް އެކޯޓުން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރު އެކޯޓަށް ހުށައެޅުނު މައްސަލަތަކަށް ވުރެ އިތުރު އަދެދެކެވެ. މިދިޔަ އަހަރު ސިވިލްކޯޓަށް ހުށައަޅާފައިވަނީ ޖުމްލަ 2819 މައްސަލައެވެ. ސިވިލްކޯޓުން ބުނީ މިއަހަރުގެ މިހާތަނަށް ހުށައެޅި މައްސަލަތަކުގެ އަދަދަށް ބަލާއިރު މިއަހަރު ރެކޯޑް ޢަދަދަކަށް އެކޯޓަށް މައްސަލަ ހުށައެޅޭނެކަމަށް ބެލެވޭކަމަށެވެ.

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސިވިލްކޯޓުގެ ޑިވިޜަނަށް މިއަހަރުގެ މިހާތަނަށް 182 މައްސަލަ ހުށައަޅާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުށައެޅި މައްސަލަތަކުގެ ޢަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހުޅުމާލޭ ޑިވިޜަނަށް ހުށައަޅާފައިވަނީ 93 މައްސަލައެވެ.

މިއަހަރުގެ އޮކްޓޯބަރ 29 ގެ ނިޔަލަށް ސިވިލް ކޯޓުން ވަނީ 2134 މައްސަލަ ބަލާ ނިންމާފައެވެ. އޭގެތެރޭގައި އެކޯޓުގެ ހުޅުމާލޭ ޑިވިޜަނުން ނިންމި 149 މައްސަލަވެސް ހިމެނެއެވެ.