ޚަބަރު

ރައީސް ޔާމީން، ދ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށާއި، އެ އަތޮޅު މާއެނބޫދޫއަށާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައި، މާއެނބުދޫގެ ނަރުދަމާގެ ޚިދުމަތް ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމާއި، އިޤްތިޞާދީ ދާއިރާއިން ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.