މުނިފޫހިފިލުވުން

އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ބޮބް ލަވަ ހުށަހަޅައިދީފި


އޭޝިއާޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭ.ބީ.ޔޫ)ގެ މިއަހަރުގެ ޓީވީ ސޯންގް ފެސްޓިވަލްގައި މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޓައިޓަލް ކާމިޔާބުކުރި މުޙައްމަދު ތަސްނީމް ލަވަ ހުށަހަޅައިދީފިއެވެ.އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭ.ބީ.ޔޫއިން އިންތިޒާމްކޮށްގެން ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންޑޫގައި ކުރިއަށްގެންދިޔަ މި މިފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވަނީ މުޙައްމަދު ތަސްނީމް، (ބޮބް)އެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ޓައިޓަލް ކާމިޔާބުކުރި ބޮބްގެ އިތުރުން މި ފެސްޓިވަލްގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 14 ޤައުމެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ. ހުށަހަޅައިދިން އައިޓަމްތަކުގައި ކޮންމެ ޤައުމަކުންވެސް މަސައްކަތްކޮށްފައިވަނީ އެ ޤައުމުތަކުގެ ސަޤާފަތާއި، އާދަކާދަތައް ޕްރޮމޯޓްކުރުމަށެވެ. ރާއްޖޭގެ ފަރާތުން ބޮބް ހުށަހަޅާދީފައިވަނީ "އަ ޓުއަރިސްޓް ވިއު" ނަމަކަށް ކިޔާ ލަވައެކެވެ.މި ލަވައިގައި ދައްކާފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތަކުގެވާހަކަތަކެވެ. 



މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ބޮބަށް ދީފައިވަނީ ޕީއެސްއެމްގެ ފަރާތުންނެވެ. 2014 ވަނަ އަހަރުން ފެށިގެން މިއުޒިކްގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ބޮބް އާންމުންގެތެރޭގައި މަޤްބޫލުވީ މޯލްޑިވިއަންއައިޑަލްގެ ސީޒަން ދޭކުންނެވެ.

ބޮބްގެ އިތުރުން މި ފެސްޓިވަލްގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 14 ޤައުމެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ. ހުށަހަޅައިދިން އައިޓަމްތަކުގައި ކޮންމެ ޤައުމަކުންވެސް މަސައްކަތްކޮށްފައިވަނީ އެ ޤައުމުތަކުގެ ސަޤާފަތާއި، އާދަކާދަތައް ޕްރޮމޯޓްކުރުމަށެވެ. 

އޭ.ބީ.ޔޫ ޓީވީ ސޯންގ ފެސްޓިވަލްގައި މީގެ ކުރިންވެސް ރާއްޖޭގެ މަޤްބޫލު ބައެއް ފަންނާނުން ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފައިވެއެވެ. މިގޮތުން މަރިޔަމް އުނޫޝާ، އާމިނަތު ބަޠޫލް، އަޙުމަދު ރަޝީދު، ހިމެނެއެވެ. އަދި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދުވެސް ވަނީ މީގެކުރިން މިފެސްޓިވަލްގައި ލަވަ ހުށަހަޅާފައެވެ.