ޚަބަރު

ސިވިލްކޯޓުގެ އަހަރީދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


ސިވިލްކޯޓްގެ އަހަރީދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ކޯޓްގެ ޤާޟީންނާއި މުވައްޒަފުން ވަނީ ބައިވެރިވެ އެކުގައި ވަގުތު ހޭދަކޮށްފައެވެ. އަދި އަހަރީދުވަހަށް ޚާއްޞަކޮށްގެން ސިވިލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ ޢަލީ ހައްދަވާފައިވާ މަރުޙަބާގެ ލަވައެއް، އެކޯޓްގެ މުވައްޒަފުން ހުށައަޅައިދީފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/15095266901632.jpg|ސިވިލް ކޯޓުގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ސިވިލް ކޯޓު

މިހަފްލާގައި ސިވިލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު މުވައްޒަފުން ހޮވާ ހަނދާނީ ފިލަޔާއި ލިޔުން ޙަވާލުކުރިއެވެ. އެގޮތުން ކޯޓްގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރާ ޤާޟީންގެ ތެރެއިން 2016 ވަނަ އަހަރު ކޮންމެ ޑިވިޜަންއަކުން އެންމެ ގިނަ މައްސަލަ ނިންމި ޤާޟީންނަށް ވަނީ "ނިންމިކަން" މިނަމުގައި ހަނދާނީ ފިލާ ދީފައެވެ.

ސިވިލް ކޯޓްގެ 2017 ވަނަ އަހަރުގެ އަހަރީދުވަސް ފާހަގަކުރުމަށް އެކޯޓްގެ ޤާޟީންނާއި މުވައްޒަފުން ބައިވެރިވާ ފުޓްސަލް މުބާރާތަކާއި، ހޭންޑްބޯލް މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސިވިލްކޯޓުން މައުލޫމާތުދެއެވެ.