ކުޅިވަރު

މިލަންދޫ އަތުން މޮޅުނުވެވި، ޓީސީއަށް މަޑުޖެހުމެއް


މިލަންދޫ އަތުން މޮޅު ނުވެވި ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޓީސީ ލީގު ހޯދަން ކުރާ މަސައްކަތަށް މަޑުޖެހުމެއް ކުރިމަތިވެއްޖެއެވެ.

އުރީދޫ ދިވެހި ލީގުގައި ރޭ ށ.މިލަންދޫ އާއި ޓީ.ސީ ސްޕޯޓްސް ބައްދަލުކުރި މިމެޗު ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވި ސުމެއް ސުމަކުން ދެޓީމް އެއްވަރުވެގެންނެވެ. އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓް ދެއްކި މެޗު

ކޮންޓްރޯލްކޮށްގެން ބޮޑަށް ކުޅުނީ ޓީ.ސީންނެވެ. އަދި މެޗު ނިމިގެންދިޔައިރު މިލަންދޫ ކުޅުންތެރިންނަށް ޓީ.ސީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މެޗުގައި ގިނަ ސޭވްތަކެއް ކޮށް މިލަންދޫއަށް މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މިލަންދޫ ޓީމުގެ ގޯލް ކީޕަރު މުހައްމަދު އިމްރާންއެވެ.

މެޗަށް ނިކުތްއިރުވެސް ލީގު ހޯދުމަށް މިމެޗުން ތިން ޕޮއިންޓް ހޯދަން މުހިއްމު މެޗެއްގެ ގޮތުގައި ޓީ.ސީން ދެކެފައިވަނިކޮށް މެޗުން މޮޅު ނުވެވުމުގެ ސަބަބުން ޓީ.ސީ މިހާރު މިވަނީ ލީގުގެ އެންމެ ކުރީގައި އޮތް ނިއުރޭޑިއަންޓާއި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބަދަލުވެފައެވެ.

ޓީ.ސީ ސްޕޯރޓްސް ކްލަބަށް 26 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ އެއްވަނާގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. ލީގުގައި ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ތިން މެޗެވެ.