ޚަބަރު

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 50.59 މިލިއަން ރުފިޔާގެ ބަޖެޓެއް!


އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 50.59 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 50.59 މިލިއަން ރުފިޔާ ކަނޑައެޅުމަށް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާޤުންނެވެ. ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް މާލިއްޔަތު ކޮމިޓީގައި މި ބަޖެޓާމެދު މަޝްވަރާ ކުރިއިރު އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ވަނީ މި ބަޖެޓަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު ކަނޑައެޅި 50.59 މިލިއަން ރުފިޔާއަކީ މިއަހަރު އެއޮފީހުގެ ބަޖެޓަށްވުރެ 5 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ. މިއަހަރު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ 45 މިލިއަން ރުފިޔާއެވެ. ޤާނޫނުގައި ބަޔާންކުރާގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަންޖެހެނީ ވަކި ބަޖެޓެއްގެ ގޮތުގައެވެ.