ޚަބަރު

ނުކުޅެދޭ މީހުންނަ މީހުންނަށް، ދަތުރުފަތުރުގެ ޚިދުމަތް ހިލޭ!


އެމްޕީއެލްއިން ދޭ ދަތުރުފަތުރުގެ ޚިދުމަތް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލްއިން މިއަދު ނެރު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ރައްޔިތުންނަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތް ލުއި ފަސޭހަކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއްކަމަށެވެ. އެގޮތުން ހިލޭ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 1 ނޮވެމްބަރުން ފެށިގެން އެކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ހިލޭ ޚިދުމަތް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އެމްޕީއެލްއިން ދޫކުރާ ދަތުރުކާޑު ބޭނުންކޮށްގެން އެމްޕީއެލްއިން މިހާރު ޚިދުމަތްދޭ އައްޑޫ ސިޓީއާއި ފުވައްމުލައްސިޓީ އަދި ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންދާ ދަތުރު ފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ލުއި ފަސޭހަގޮތަކަށް ހަމަޖެއްސުމަށްޓަކާއި މިހާރުވެސް 65 އަހަރުން މަތީގެ އިސްރަށްވެހީންނާއި 2 އަހަރުން ދަށުގެ ކުޑަކުދީންނަށް ހިލޭ ދަތުރު ކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.