ޚަބަރު

ފާތިމަތު އިބްރާހިމް، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އައްޑޫ ސިޓީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޙާލު ބައްލަވައިފިއެވެ. 

މިއަދު ހެނދުނު އެމްއާރްޑީސީ ހިތަދޫ ސައިޓް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުންތަކުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ވަނީ ހިތަދޫގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ހިތަދޫ އިސްރަށްވެހިންނާއި ރަށުގެ އަންހެން ބޭފުޅުންގެ އިތުރުން ހިތަދޫގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/15085758570906.jpg|ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސިޓީގެ ޒުވާނުންތަކަކާއެކު / އައްޑޫ ސިޓީގައި މިރޭ ޚާއްސަ ޖަލްސާއެއް ބާއްވާނެ

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ އައްޑޫ ސިޓީގެ ރައްޔިތުންނާ ގާތުން ބައްދަލުކޮށް ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ފެއްޓެވި މި ދަތުރުފުޅުގައި އެކަމަނާ އިއްޔެ ވަނީ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި މިދެ ރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން އެކަމަނާ ވަނީ ފަރިއްކޮޅެއްވެސް ދެއްވާފައެވެ. 

އައްޑޫ ސިޓީގެ ހިތަދޫ ރައްޔިތުންނާ މިއަދު ރައީސް ޔާމީންގެ އަނބިކަނބަލުން ބައްދަލުކުރެއްވިއިރު މިރޭ ހިތަދޫގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި މާދަމާ އައްޑޫ ސިޓީގެ އެހެން ރަށްތަކަށް އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.