އަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް، ޕީޖީގެ ޑެޕިއުޓީ ލީޑަރ އަދި ވިލިފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށއވއ.
އޭނާ ވިދާޅުވީ ސަރުކާރުން އަންނަ ހަފްތާގައި ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅާއިރު އަންނަ މަހުގެ ކުރީ ކޮޅަކީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅާ ދުވަސްވަރު ކަމަށެވެ.
އަންނަ ހަފްތާގެ ތެރޭގައި ސަޕްލިމަންޓްރި ބަޖެޓެއް ސަރުކާރުން ހުށަހަޅާފާނެ ކަމުގެ ސިގްނަލެއް ސަރުކާރު ހިންގާ މައިޕާޓީން މިއަދު ދިންއިރު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.