ޚަބަރު

ޔޫއޭއީ ފޮރިން މިނިސްޓަރ ރައީސް އަރިހަށް ޒިޔާރަތްކުރައްވައިފި


ޔުނައިޓެޑް އެރެބް އެމިރެޓްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޝައިޚް ޢަބްދުﷲ ބިން ޒަޢިދް އަލް ނަޙްޔާން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

އެމިރޭޓްސް ޕެލަސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވަނީ ދެޤައުމުގެ ވަސީލަތްތަކުގެ ބޭނުން ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތަކަށް ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ޔޫއޭއީގެ ހޯމް މިނިސްޓަރ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި މި ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ވަނީ އެނާރޖީ މިނިސްޓަރާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކިދާއިރާތަކުން ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.