ޚަބަރު

ޕީޕީއެމްގެ އޮފީހެއް ލަންކާގައި ހުޅުވައިފި


ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އޮފީހެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވައިފިއެވެ. 

މި އޮފީސް ހުޅުވައިދެއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަހީމް ޢަބްދުﷲއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޚަލީލް ވިދާޅުވީ ދިވެހިން ވަރަށް ގިނަ ޢަދަދަކަށް ދިރިއުޅޭ ލަންކާގައި ހުޅުވި ޕީޕީއެމްގެ އޮފީހަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ތަނެއްކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން އަންނަނީ އެޕާޓީގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ބާރު ސްޕީޑެއްގައި ހިންގަމުންނެވެ.