ޚަބަރު

ޑިސެމްބަރުން ފެށިގެން މިހާތަނަށް 76 ރަށަކުން ބޯފެން ހުސްވެގެން ރިޕޯޓްކޮށްފި





މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ހަތްދިހަ ހަ ރަށަކުން ބޯފެން ހުސްވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. އެސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގިނަ ރަށްރަށުގައި ބޯފެނަށް ޖެހިފައިވަނީ މިދުވަސްވަރަކީ އިރުވައި މޫސުމަށް ވުމާއެކު ވާރޭ ވެހުން މަދުވުމުން ކަމަށެވެ.


ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ބޯފެން ހުސްވެގެން އެސެންޓަރަށް ރިޕޯޓްކުރި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ފަންސާސް ނުވަ ރަށަކަށް ދެހާސް ދުއިސައްތަ އަށްޑިހަ ހަ ލީޓަރުގެ ފެން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.


 


މިހާރު ފެން ފޯރުކޮށްދިނުމަށް އެސެންޓަރުން މަސައްކަތް ކުރަމުންދާ ރަށްރަށުގެ ތެރޭގައި މ. ވޭވަށް، ބ. ކެންދޫ ބ.ކުޑަރިކިލާއި އެއަތޮޅު ފުޅަދޫގެ އިތުރުން  އދ. ކުނބުރުދޫ، ރ. ރަސްގެތީމު، މ. ނާލާފުށި، ރ. އުނގޫފާރު އަދި ރ.މާކުރަތު ހިމެނެއެވެ.