އެއަރ މޯލްޑިވްސްއާއި އެފްޕީއައިޑީގެ ކޮރަޕްޝަންގެ މައްސަލަ ތަހްޤީގް ކުރަމުންދާކަމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީން ހާމަކުރައްވައިފިއެވެ.
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޝަންގެ ރައީސް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ, އެއަރ މޯލްޑިވްސްއާއި އެފްޕީއައިޑީގެ ކޮރަޕްޝަންގެ މައްސަލަ ތަހްޤީގްކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްދާކަމަށެވެ.
އަޒްލީން ވިދާޅުވީ އެެއަރ މޯލްޑިވްސްއާއި އެފްޕީއައިޑީން ދައުލަތަށް ގެއްލިފައިވާ ފައިސާގެ ޖުމްލަ ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަޒްލީން ވަނީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފްސީލް މީޑިއާއަށް ދެއްވާފައެވެ.
އަޒްލީން ވިދާޅުވީ ކޮމިޝަނުން ފުރަތަމަ ބަލަމުން މިދަނީ ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ކޮރަޕްޝަންގެ މައްސަލަތައްކަމަށެވެ.