ޚަބަރު

ކިގާލީ އެމެންޑްމަންޓް ގައި ރާއްޖެއިން ބައިވެރިވަނީ!


"ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

"ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" އަކީ، "ވިއޭނާ ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯޒޯން ލޭޔަރ" ގެ ދަށުން އެކުލަވާލައްވާފައިވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ" އަށް އިތުރުކުރައްވާފައިވާ އިސްލާހެކެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއިން މި އެއްބަސްވުން ބަލައިގަނެ، ތަސްދީޤު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މި އޮފީހުން މިގެންދަނީ ކުރަމުންނެވެ.