ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރެއް ޢައްޔަނުކުރުން


މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓޭގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ތިލަދުންމަތި އުތުރުބުރި ދިއްދޫ، ކިނބިގަސްދޮށުގޭ މުޙައްމަދު ޝާކިރުއެވެ.

މުޙައްމަދު ޝާކިރު މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިދިޔަ އާދީއްތަދުވަހުއެވެ.