ރިޕޯޓް

ހަމަނުޖެހުމަށް ގޮވުމަކީ ޑިމޮކްރަސީއެއްނޫން - ރައީސް


ޤައުމުގެ ހަމަޖެހުމާއި ޞުލްޙައާއި ޤައުމުދެކެ ލޯބިވުމުގެ ކުރިއަށް އެއްވެސް ކަމެއް ނާންނާނެކަމަށް ވިދާޅުވެ ޑިމޮކްރަސީގެ ސިފަތައް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަފްޞީލްކޮށްދެއްވައިފިއެވެ. 

އިސްރަށްވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ހަމެޖުމެއް ހޯދުމެއް ނެތި ކުރާ މަސައްކަތުގައި ޑިމޮކްރަސީ އަށަނުގަންނާނެކަމަށް ވިދާޅުވެފައެވެ. 

މާލޭގައި ތިއްބެވި އިސްރަށްވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޑިމޮކްރަސީގެ ސިފަތައް ރައްޔިތުންނަށް ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ޑިމޮކްރަސީއެއްގައި ކޮށްގެން ނުވާނެ ކަންތައްތަކެއް ބަޔާންކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ވިދާޅުވީ ޤައުމުގެ ހަމަޖެހުމެއް ނެތި އަދި ހަމެޖުމެއް ހޯދުމެއް ނެތި ކުރާ މަސައްކަތުގައި ޑިމޮކްރަސީ އަށަ ނުގަންނާނެކަމަށާއި، އެއީ ފެއިލްވާނެ ނިޒާމެއްކަން ދުނިޔޭގެ އެކިކަންކޮޅުތަކުން ދައްކާދީފައިވާކަމަށެވެ. ހުރިހާ ކަމަކަށްވުރެ އިސްކަންދޭން ޖެހޭނީ އެތަނެއްގައި އޮންނަ ހަމަޖެހުންކަމަށާއި، ޑިމޮކްރަޓިކް ލީޑަރުން އަދި ސިޔާސީ ލީޑަރުން ވާހަކަ ދައްކަންވާނީ އެތަނެއްގައި އޮންނަ ހަމަޖެހުމުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. ޑިމޮކްރަޓިކް ލީޑަރުންނަށް ކުށްކުށަށް އަރައިގަންނަން ގޮވާ ނުލެވޭނެކަމަށާއި، އެއީ ޑިމޮކްރަސީގެ ސިފައެއްވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުއައްސަސާތައް ހަލާކުކޮށްލަށް އަޑު ނޫފުލޭނެކެމަށާއި، އަދުލްއިންސާފްގެ ދާއިރާއަށް ފާޅުގައި ސިޔާސީ ލީޑަރުންނަށް ފާޑު ނުކިޔޭނެކަމަށެވެ. އެއީވެސް ޑިމޮކްރަސީގެ ސިފައެއް ނޫންކަން ރައީސް ޔާމީން ތަކުރާރުކުރެއްވިއެވެ. ސިފައިންނާއި ފުލުހުންނަށް ޙަމަލާދޭން މަގުތަކަށް ނިކުންނަން ޢާންމު ތަންތަނުގައި ގޮވާ ނުލެވޭނެކަމަށާއި، މިއީ ދައުލަތެއް އަދި ޤައުމެއްގެ ރުކުރުވާލާފައި އޮންނަ ސަފުތައް ޙަލަކުކޮށްލަން ކުރެވޭ މަސައްކަތެއްކަމަށް ވިދާޅުވެ، އެއީ ތަނެއް ފަނާކުރުމުގެ ވިސްނުންކަމަށް ރައީސް ސިފަކުރެއްއވިއެވެ. 

ރައީސް ޔާމީންގެގެ ވާހަކަފުޅުގައި ޑިމޮކްރަސީގެ ހަމަތަކަކީ އުޞޫލާއި ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ކަންކަން ޙާޞިލުކުރުން ކަމަށާއި، ޑިމޮކްރަސީއަކީ އެކެއްގެ ބަނޑުން އުފަންވި މަހުފޫމެއް ނޫން ކަމަށް ވިދާޅުވިއެެވެ. އަދި ޑިމޮކްރަސީއަކީ އެންމެންނަށް ހަމައެއްގައި އެއްގޮތަކަށް އެކުލެވޭ ނިޒާމެއްކަމަށް ރައީސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންކަމުން ދައުލަތުން ކުރާ މަސައްކަތުގައި އިސް ރަށްވެހިންގެ ދައުރު ކުޑަނޫންކަމށާއި، ނުސީދާ މަގުންދާ ލީޑަރުންނާއި ސިޔާސީ ފަރާތްތަކަށް ނަސޭޙަތާ އުނގަންނާދިނުމާއި ބަސްބުނުމާއި މަގަށް ސީދާކުރުމަކީ އިސްރަށްވެހިންނަށް ކުރެބވޭނެ ކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މިއީ މިޖީލަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަންތަކުގެ ގޮތުގައި ސިފަކުރައްވާފައެވެ.