ޚަބަރު

ސްކޫލްތަކުގައި މަސްތުވާބާވަތެއް ފެތުރޭކަމަށްބުނާވާހަކަ ދޮގުކޮށްފި


ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް، ރާއްޖޭގެ ސްކޫލްތަކުގައި ފެތުރި ބައެއް ކިޔަވާކުދިން އެކަމުގެ ވަބާގައި ޖެހިފައިވާކަމަށްބުނެ ސޯޝަލް މިޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ. 

ފުލުހުންބުނީ ރާއްޖެއަށް އާބާވަތެއްގެ ނުރައްކާތެރި މަސްތުވާ ބާވަތެއް ސްކޫލްތަކުގައި ފެތުރެމުންދާކަމަށްބުނެ ސޯޝަލް މިޑިއާގައި ބަޔަކަ ފަތުރާ މެސެޖަކީ ނުބައި މަޢޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ މެސެޖެއްކަމަށެވެ. އަދި އެފަދަ މައްސަލައެއް މިހާތަނަށް އެއްވެސް ސްކޫލަކުންވެސް ޢާއްމުންގެ މީހަކުވެސް އަދި އެގެން ގޮތަކުންވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވެސް ނުވާކަމަށެވެ. މީގެ އިތުރުން ފަތުރަމުންދާ މެސެޖުގައި ހިމެނޭ މަޢުލުމާތުތަކަށް ބަލާއިރުވެސް އެއީ ހަޤީގަތެއްނޫންކަން ޔަޤީންކޮށްދޭކަމަށްވެސް ފުލުހުންބުނެއެވެ. 

އެހެންކަމުން ހަޤީގަތެއް، އަސްލެއްނެތް މިފަދަ މެސެޖުތައް ނުފެތުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެކިކަންކަމާގުޅިގެން ސޯޝަލް މީޑިއާގައި މަޢުލޫމާތު ހާމަކުރާއިރު ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.