ސިޔާސީ

ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ ސަރުކާރުގެ %35 ނަމަ ވަރަށްބޮޑަށް ހިތްހަމަ ޖެހޭ





 


ސިޔާސީ މަޤާމް ތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދީފައިވާ އޮނަތިރީސް މަޤާމަކީ ސަރުކާރުގެ ސިޔާސީ މަޤާމް ތަކުގެ ތެރެއިން އެޕާޓީއަށް ދޭން ވަޢުދުވި ތިރީސް ފަހެއް އިންސައްތަ ނަމަ ވަރަށްބޮޑަށް ހިތްހަމަ ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


 
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަޤާމް ތަކުގެ ތިރީސް ފަހެއް އިންސައްތަ ދިނުމަށް އެއްބަސް ވެފައިވާ ކަމަށާއި، ސިޔާސީ މަޤާމްތަކާއި އެހެނިހެން މަޤާމްތަކަށް މީހުން އައްޔަން ކުރުމުގައިވެސް މަޝްވަރާ ހޯދުމަށް އެއްބަސް ވެފައިވާ ކަމަށެވެ.


 
"ރައްޔިތުންނަށް ސާބަސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ހޮވިގެން މިދިޔަ އާ ރައްޔިތުންގެ މަޖިލީހާއެކު  ގާނޫނު ތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ކުށްވެރިޔާ ކުށްކުރާ ހިސާބުން ފެށިގެން ހުކުމް އިއްވުމާއި ހަމައަށް އޮންނަ ދިގު މުއްދަތު ކުރުކުރަން ޖެހޭ ކަމަށެވެ. އަދި ޤާނޫނުތަކާ ޤަވައިދުތައް އެކަތި އަނެކައްޗާގުޅި، މައްސަލަތައް ނިންމުމަށް ހޭދަވާ މުއްދަތު ދިގުވެގެން ދިއުމުން ދައުލަތަށްވެސް ކުރިއަށްދާން ދަތިވާ ކަމަށާއި، މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދަނީ އާންމު ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.


 
 
 


ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރަށް ވަނީ އަރުވާފައެވެ. އަދި  ޖުމްހޫރީ ޕާޓީގެ  ކޮންގްރެސް ވަރަށް އަވަހަށް ބާއްވާނެ ކަންވެސް ވަނީ އިއުލާން ކޮށްފައެވެ.