ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ބިނާކުރެއްވި "މަސްޖިދުލް އިޚްލާސް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހުޅުވައިދެއްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެއްވި "މަސްޖިދުލް އިޚްލާސް" މިސްކިތަކީ، 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
img:http://s3.psmnews.mv/images/660x400/15064350131053.jpg|ރައީސް ޔާމީން މަސްޖިދުލް އިޚްލާސް ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، މިސްކިތް ހުޅުވައިދެއްވުމަށްފަހު، މި މިސްކިތުގައި ކުރި މަޣްރިބް ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ.