ޚަބަރު

ފަހާގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން!


ހ.ފަހާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދިންގޮތުގައި މިރޭ 8:55 ކަންހާއިރު ހިނގި މި ހާދިސާ ހިނގާފައިވަނީ 10 ބުރިއަށް އިމާރާތްކޮށްފައިވާ މި އިމާރާތުގެ 3 ވަނަ ބުރީގެ 1 ކޮޓަރީގެ އެޕާޓްމަންޓެއްގައިކަމަށެވެ. އަދި މި ހާދިސާގައި އަލިފާންރޯވި އެޕާޓްމަންޓްގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.