ކުޅިވަރު

އަންހެން ބިލިއާޑް ކުޅުންތެރިންގެ ފުރަތަމަ މެޗުތަކުން ބަލިވެއްޖެ


ފަސްވަނަ އޭޝިއަން އިންޓޯ އެންޓް މާޝަން އާާރޓްސް ގޭމްސްގައި އަންހެން 9 ބޯލް ޕޫލް ބިލިއާޑް ސިންގަލްސްގައި ރާއްޖޭގެ ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ. 

އޭޝިއަން އިންޓޯ އެންޓް މާޝަން އާާރޓްސް ގޭމްސްގައި އަންހެން ނައިން ބޯލް ޕޫލް ބިލިއާޑް ސިންގަލްސްގައި އާމިނަތު ފާތީ ބަލިވެފައިވަނީ ޗައިނާގެ ލިއު ޝާޝާއާއި ވާދަކޮށް ސީދާ ހަތް ފްރޭމްއިންނެވެ. ޝާޝާއަކީ އަންހެން ނައިންބޯލްގެ ދުނިޔޭގެ ޗެމްޕިއަނެވެ. 

ރާއްޖޭގެ އާމިނަތު އަޒްރާ ބަލިވެފައިވަނި ޗައިނީސް ޓައިޕޭގެ ޗޯޗިން ޔޫއާއި ވާދަކޮށް ސީދާ ހަތް ފްރޭމްއިންނެވެ. 

މެޗްއަށްފަހު އާމިނަތު އަޒްރާ ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ބުނީ މާލޭގައިވެސް އެކަށީގެންވާ ގޮތުގައި ފަރިތަކުރުންތަށް ކުރިއަށް ނުގެންދެވޭކަމަށާއި އަދި ގޭމްސްއަށް އައުމަށްފަހު، އަޒްބަކަތްގައިވެސް ބިލިއާޑް މޭޒުތަށް މަދުކަމުން އެންމެ އެކަށީގެންވާ ގޮތުގައި ފަރިތަކުރުންތަށް ކުރިއަށް ނުގެންދެވޭކަމަށެވެ. 

"އަސްލު މި ކުޅުންތެރިންނާއި އަހަރުމެންނާއި ވަރަށް ތަފާތު، ފުދޭވަރަކަށް އުނދަގޫ އަހަރުމެންނަށް ފަރިތަކުރަން، މިކުޅުންތެރިންނަކީ މިކަމަށް އެއްކޮށް ހުސްވެފައިތިބޭ މީހުން، ކުރިއަށްދާން އަދިވެސް ޕްރެކްޓިސް ހަމަ ބޭނުންވަނީ" އަޒްރާ ބުންޏެވެ. 

ފަސްވަނަ އޭޝިއަން އިންޓޯ އެންޓް މާޝަން އާާރޓްސް ގޭމްގައި މިއަދާއި މާދަމާވެސް ރާއްޖޭގެ ކުުޅުންތެރިން މެޗްތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.