ޚަބަރު

މަޑުއްވަރީން މީހަކު ގެއްލިގެން ހޯދަނީ!


މ.މަޑުއްވަރީން މޫދަށް ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މަޑުއްވަރީ އާބާދީ ގުލްޝަންގޭ އިބްރާހީމް ނަމަކަށް ކިޔާ އުމުރުން އުމުރުން 60 އަހަރުގެ މީހެެއް ގެއްލިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުނީ މިއަދު ހެނދުނު 09:30 ހާއިރުކަމަށެވެ. ހަމަ އެވަގުތުން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެރަށަށް ގޮސް އެމީހާގެ ޚަބަރެއްވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

ގެއްލިގެން އުޅޭ މީހާ އެންމެ ފަހުން ފެނިފައި ވަނީ އެރަށު ފުއްޓަރު ފަރާތުގައި ހެނދުނު 07:30 ހާއިރު ފައިގައި ވެލިމޮޑެން އިންދާކަމަށާއި މިމީހާ ލައިގެންހުރި މުންޑު އެރަށު ހުޅަނގު ފަރާތު މޫދުން އެމީހާގެ އާއިލާގެ މީހަކަށް ފެނިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. 

މިމިހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރި ވަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.