ތިމާވެށި

ޤަވާޢިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ފިޔަވަޅުއަޅަންފަށަނީ


ޤަވާޢިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފިޔަވަޅު އަޅަންފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮގަސްޓްމަހުގެ އެއްވަނަ ދުވަހުންފެށިގެން ޤަވާޢިދާ ޚިލާފަށް ކުނިނަގާ ފަރާތްތަށް ހުއްޓުވާ ވެމްކޯއިންވަނީ މާލޭގެ ކުނި ނެގުމާ ޙަވާލުވެފައެވެ. ޤަވާޢިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ފަށާއިރު ސެޕްޓެމްބަރު މަސް ނިމުމާ ހަމަޔަށް އިންޒާރު ދޭނެކަމަށް އެންވަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުންފެށިގެން ޤަވާޢިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާޢިދާ ޚިލާފަށް ކުނި އުފުލާ ވެހިކަލްތައް ފުލުހުންނާއި ގުޅިގެން ޓޯ ކުރާނެކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ. އެންވަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ފާއިތުވި ދޮޅުމަސްދުވަހުގެ ތެރޭގައި ސަތާރަ ހާހަށް ވުރެ ގިނަ ގޭ ބިސީތައް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

އަމިއްލަ ގޮތުން ކުނި އުކުމަށް އެވްރެޖްކޮށް 11000 މީހުން ރަޖިސްޓަރ ވެފައިވެއެވެ. މުޅި މާލެއިން ޖުމްލަ 18200 ގޭބިސީއަކުން ކުނި ނެގުމަށް ރަޖިސްޓްރީވެފައިވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ނެގުމުގެ ޚިދުމަތް އަވަސްކުރުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5 މީހުން މިހާރު ރަޖިސްޓްރީ ވާކަމަށް ވެމްކޯއިން ބުނެއެވެ. ކުނި އުކުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު ޢާއްމުންގެ ފަރާތުން ލިބެމުން އައި އެންމެ ބޮޑު ޝަކުވާއަކީ، ކުނި އުކުމާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ވެމްކޯއަށް ނުގުޅޭ މައްސަލަކަމަށާއި މިހާރު އެމައްސަލަ ޙައްލުވެ 98 އިންސައްތަ ފޯން ކޯލްތަކަށް މިހާރު ޖަވާބު ދެވޭކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.